ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ދިވެހި މަސްވެރިންގެ ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުގައި އޮތް ރާއްޖޭގެ މަސް ދޯންޏެއްކަމަށްވާ އަސުރުމާ 3 އަދި އެހެން ދޯނިތަކަކަަށް އިންޑިއާ ސިފައިން އެރީ އިއްޔެ އެވެ.

އެ ދޯނިތަކުން ބުނާ ގޮތުން އިންޑިއާ ސިފައިން އެ ދޯނިތަކަށް އެރުމަށްފަހު ސުވާލުކުރި އެވެ. އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ ބޭރުގެ އަސްކަރިއްޔާއަކުން ރާއްޖޭގެ ދޯނިތަކަކަށް އެރި ކަމަށެވެ.

ނަމަވެސް އެކަންކުރީ ސީދާ އިންޑިއާގެ ސިފައިން ކަމެއް ނުބުނެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ އަންއޮފިޝަލް ޓުވިޓާ އެކައުންޓުން ރޭ ކުރެއްވި ޓުވީޓެއްގައި އިންޑިއާގެ ސިފައިންގެ އަމަލުތައް މައްސަލައަކަށް ނުވާކަން ދޭހަވާ ގޮތަށް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

"ތި ބޭފުޅުން ރަނގަޅަށް ވިސްނަވާ ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމަ ފެންނާނީ އޮރިޔާން. އިންޑިއާ ކަނޑަށް ޗައިނާގެ ސްޕައި ބޯޓުފަހަރު ގެނެސް އިންޑިއާގެ ބޮޑުވަޒީރަށް ހިތު ހުރިހާ އެއްޗެއް ގޮވީމަ އަދި މާގިނަ ގޮތްވާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭޣެ މަސްދޯނިތަކަށް އެރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

ބޭރުގެ ސިފައިން ދޯނިތަކަށް އެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެމްޑީޕީން ވެސް ވަނީ ގޮވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން