ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ގާނޫނީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއް ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކަކުލުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު ފަރުވާ ހޯއްދަވަމުން ދަނިކޮށް ވިޝާމް އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ.

އެހެންވެ ވިޝާމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ކުރެއްވި އެކްސްއެއްގައި ވަނީ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ދަންނަވައިފަ އެވެ.

ރައީސް ވިދާޅުވީ ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން ދިޔައީ ނުހަނު ބޮޑު ހުސްކަމެއް ކަމަށެވެ.

"އެހާ ޒުވާން އުމުރުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެ." ރައީސް ޞާލިހު ވިދާޅުވި އެވެ.

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަގާމު ވެސް މީގެކުރިން އަދާކުރައްވާފައިވާ ވިޝާމަކީ ގާނޫނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން