ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު މި މަހުން ފެށިގެން ނެގޭ ގޮތަށް ކުރިން ނިންމާފައި އޮތް ނަމަވެސް އަދިވެސް އޮތީ އޭގެ މަޝްވަރާ ސްޓޭޖުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މިހާރު ކާޑަކުން ނެގެނީ މަހަކު 750 ޑޮލުގެ ފައިސާއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ސަރުކާރުން ބުނީ މި މަހުން ފެށިގެން އެއަދަދު 1200 ޑޮލަރަށް ބޮޑުކޮށްދޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މަހުން ފެށިގެން އެ އުސޫލު ތަންފީޒުކުރަން ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ރާއްޖޭގައި މި ވަގުތު ހުރި ޑޮލަރުގެ ޑިމާންޑް އަދި ހުރަސްތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ރަސްމީ ރިޒާވްގައި ޑޮލަރު އިތުރުކުރަން އެމްއެމްއޭއާއި ބޭންކުތަކާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

"ކާޑު ލިމިޓު އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީން ކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލްކުރުމުންދާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓުން

ކުރަމުންދާ ކަމުގައި ދަންނަވަމެވެ." ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން