ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ14ގެ މަގު ޗާޓްގެ ދަށުން، ވިނަރެސް މަޝްރޫއުން ފްލެޓު ބައްލަވައިގަތް ފަރާތްތަކަށް މަހު ކުލި ދެއްކުމުގައި އިތުރު ލުއިތަކެއް ތަޢާރަފްކޮށްފިއެވެ.

މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ މި ފްލެޓްތަކުގެ ވެރިފަރާތްތަކުގެ އެދުމުގެ މަތިން ކުލި ދެެއްކުމުގައި ސަރުކާރުން އިތުރު ލުއިތަކެއް ދިނުމަށް ނިންމި ކަމަށް ބުނެފައެވެ. އެގޮތުން، "ލީޒް ޓު އޯން މޮޑެލް"ގެ އިންޓްރަސްޓް ރޭޓް 9 އިންސައްތަ އިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓްގެ އަގުން އުނިކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

މިއާއެކު، ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.



މީގެ އިތުރުން، 6 އިންސައްތަ އިންޓްރަސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4200 ރުފިޔާ މިހާރު ކުޑަކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އަދި މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

އެޗްޑީސީން ބުނީ މި ބަދަލާއިއެކު ވިނަރެސް މަޝްރޫޢުން ފްލެޓު ބައްލަވައިގަންނަ ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ބައްލަވައިގަތް ފަރާތްތަކަށްވެސް މި ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، މިހާތަނަށް ލޯނު ހަމަޖައްސައިގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށާއި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަަމަށް އެކޯފަރޭޝަނުން ބުނެފައި ވެއެވެ. އަދި ފްލެޓްގެ ޑައުންޕޭމަންޓަށްވާ އަދަދުގެ 50 އިންސައްތަ އަގުން އުނިކުރެވި އަދި އަގު އަދާކޮށްފައިވާ ފަރާތްތަކަށް މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަދަލާއި ގުޅިގެން އެގްރީމަންޓަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ވަނީ ވިނަރެސް ފްލެޓްތައް ބައްލަވައިގަތް ފަރާތްތަކުގެ ޝަކުވާތަކާއި މައްސަލަ ބަލައިގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން