ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ނުވަތަ އެއް ބިލިއަން ރުފިޔާ ދޭން އިންޑިޔާ ސަރުކާރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަން ހާމަވެފައިވަނީ މިއަހަރުގެއޭޕްރީލް މަހުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށްދާ މާލީ އަހަރަށް ލަފާކޮށް، އިންޑިއާގެ ގާނޫނު ހަދައި މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އެ ފައިސާ ހިމެނުމާއި ގުޅިގެންނެވެ.

އިންޑިއާގެ މާލީ ވުޒާރާއިން ބަޖެޓްކޮށްފައިވާގޮތުގައި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 600 ކްރޯޑް ރުޕީސް ދޭނެއެެވެ. އެއީ، 72 މިލިއަން ޑޮލަރެވެ. އެއީ، ނިމެމުންދާ މާލީ އަހަރާ ބަލާއިރު 20 މިލިއަން ޑޮލަރުގެ މަދު އަދަދެއް ކަން ފާހަގަކުރެވެއެެވެ. އެގޮތުން، މި ހިނގާ މާލީ އަހަރު 92 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ފޯރުކޮށްދޭން އިންޑިޔާގެ ސަރުކާރުގެ ބަޖެޓުގައި ހިމެނިއެވެެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފައެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޭބުމަށް ދިވެހި ސަރުކާރުން އެންގި މައްސަލަ އާއި ދާދިފަހުން ސަރުކާރުގެ އިސްވެރިންތަކެއް އިންޑިޔާގެ ބޮޑުވަޒީރު މޯދީ އަށް ފާޑުކީ މައްސަލައިގައި ދެ ގައުމު ދެމެދު ގުޅުން ވަނީ ގޯސްވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު


0

ފައުޖީ

19-Feb-2024

މިހާރު އެނގިގެން މިދިޔައީ އިންޑިއާ ސަރުކާރުން ވެސް މިސަރުކާރު ބަލާގެންފިކަން................. ދެން ލަލަލާ



ޓްރެންޑިން