ޒަހީނުއްދީން ސަޢީދު   1 ފެބްރުއަރީ 2024 - 23:7
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެެވެ.

ފަތުހުﷲ މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާތީއެވެ.

ފަތުހުﷲ ވަނީ އެ އިދާރާގެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި އިސްތިއުފާ ދެއްވަން އުޅުއްވާކަން މީގެ ކުރިން ހާމަކުރައްވާފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހު ﷲ ހަމަޖެއްސެވީ އޮކްޓޯބަރު 31، 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން