ރާއްޖެ އިން މިއަދު އިތުރު 61 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާ 2 މީހަކު ކަމަށެވެ. މިއަދު ބަލިޖެހުނު 61 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3567 އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2554 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 983 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 657 މީހުންނެވެ. ކޮވިޑް ބަލީގައި 15 މީހަކު ރާއްޖެ އިން ވަނީ މަރުވެފައެވެ.
ފުރަބަންދަށް ދިން ބޮޑެތި ލުއިތަކާއެކު މާލޭގައި ބަލިފެތުރުން އިންތިހާއަށް އިތުރުވެ ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެފައެވެ. ރައްކާތެރި ފިޔަވަޅުތަކަށް ސަމާލުކަން ނުދީ ސިއްހީ މާހިރުންގެ އަޑު ނާހާ އުޅޭނަމަ އަދިވެސް ބަލީގެ ހާލަތު ދާނީ ގޯހުން ގޯހަށް ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.
ބޭރަށް ނުކުންނައިރު މާސްކް އެޅުމާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި އަވަސް އަވަހަށް އަތްދޮވެ ސާފުކުރުމާއި ބައްޔަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ފެންނަ ނަމަ ގެއިން ނުނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ވޭތޯ ބެލުން ފަދަ ރައްކާތެރިކަމުގެ އުސޫލުތަކަށް ތަބާވެގެން އުޅޭނަމަ ބަލި ކޮންޓްރޯލް ކުރެވޭނެކަން މިއީ ދުނިޔޭގެ ތަޖުރިބާއިން ސާބިތުވެފައިވާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު