ޗައިނާ ސަރުކާރުގެ ޚަރަދުގައި މާސްޓާސް ފުރިހަމަކުރުމަށް ބޭނުންވާ ދިވެހިންނަށް 200 ސްކޮލާޝިޕެއް އިޢުލާންކޮށްފިއެވެ.

ޗައިނީޒް ސްކޮލާޝިޕް ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ "ޔޫތު އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް" ގެ ދަށުން ދޫކުރާ ސްކޮލާޝިޕްތަކުގެ ބޭނުން ހިފައިގެން އެޤައުމުގައި ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވެއެވެ. މި ފުރުޞަތުގެ ދަށުން ޗައިނާގެ 78 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެއް އަހަރު ދުވަހުގެ އެ ސްކޮލާޝިޕަށް އެދޭ ފަރާތްތަކުން އަންނަ އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

މި ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތައް ރާއްޖެ އިން ފުރުމުގެ ކުރިން އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީއާއި ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވެއެވެ. އަދި ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވިއްޖެނަމަ ކޯހަށް ފުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ޔަގީން ކުރުމަށް ވެސް މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައި ވެއެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނީ ލެވެލް 7 ގެ ޑިގްރީއެއް ނިންމާފައިވާ އުމުރުން 45 އަހަރުން ދަށުގެ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން