ޝަހާދަތުގެ ދެ ކަލިމައަށް ފުރިހަމައަށް އީމާންވުމަށްޓަކައި އެ ދެ ކަލިމަ ހަޔާތާ ގުޅިފައިވާ ގޮތް ދެނެގަންނަން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ޝަހާދަތުގެ ދެ ކަލިމަ، لا إله إلا الله محمد رسول الله އަކީ އިސްލާމް ދީން އެކަލިމައެއްގެ މައްޗަށް ބިނާވެެގެންވާ އިސްލާމް ދީނުގެ ބިންގާ ކަމަށެވެ. އަދި އެއީ ޖަހާލަތާއި އަދި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރު ކަމަށެވެ.

ހަމަ އެހެންމެ ﷲ ތައާލާގެ އަޒާބާއި އުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނައަކީ ވެސް އެއީ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

"ޝަހާދަތުގެ ދެ ކަލިމައަށް ފުރިހަމަގޮތުގައި އީމާންވުމަށްޓަކައި މި ދެ ކަލިމަ މުސްލިމާގެ ހަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެހެނީ ޝަހާދަތުގެ ކަލިމަ ނިސްބަތްވަނީ މާތް ﷲއާއި އެކަމާނހެ ރަސޫލާ މުހައްމަދުގެފާނުގެ މައްޗަށެވެ." ހުތުބާގައި ބުނެފައި ވެއެވެ.،

ހުތުބާގައި ބުނީ ޝަހާދަތުގެ ދެ ކަލިމަ އޭގެ ހަގީގީ މާނައިގައި ހިތުގެ އަޑިން ގަބޫލުކުރާ މީހާ މާތް ﷲހެ ފޮތާއި ސުންނަތް އޭގެ ހަޔާތާއި ގުޅުވާލެވޭނެ ކަމަށެވެ. އަދި ޝަރީއަތުގެ އެ ދެ މަސްދަރު އުނގެނި އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަން ކުރާނެ މީހަކަށްވެސް ވާނެ ކަމަށެވެ.

ޝަހާދަތުގެ ދެ ކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެ ކަލިމައިގެ ޝަތުރުތައް އެނގުމަކީ ވެސް މުހިންމުކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި އެ ދެ ކަލިމަ ލާޒިމު ކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު އެ ދެ ކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ ޝައްކުކަމެއް ނެތި ޔަގީން ކުރަންވާނެ ކަމަށް ވެސް މިއަދު އިއްވި ޚުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން