ސައިރިކްސް ކޮލެޖުން އައްޑޫ ސިޓީ ހުޅުދޫގެ ފަސް ދަރިވަރަކަށް ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.

ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް ސޮއި ކުރައްވާ އައްޑޫ ސިޓީ ކައުންސިލަށް ފޮނުއްވި ސިޓީޢެއްގައި ވިދާޅުވީ މަތީ ތައުލީމު ހާސިލުކުރުމަށް މާލީ ގާބިލުކަން ނެތް ކުދިންނަށް ސްކޮލަޝިޕްތައް ހަވާލުކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސްކޮލަޝިޕްތަކަކީ ސައިރިކްސްއާއި ހުޅުދޫ ކައުންސިލާ ދެމެދު ކުރެވުނު މަޝްވަރާތަކެއްގެ ތެރެެއިން ދޭން ނިންމާފައިވާ ސްކޮލަޝިޕްތަކެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަދި އެ ސްކޮލަޝިޕްތައް ދޭނީ ހުޅުދޫއަށް އެެންމެ ބޭނުންވާ ދާއިރާތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެ ސްކޮލަޝިޕްތަކުގައި ވީހާވެސް އަވަހަކަށް ސޮއި ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޝަރީފް ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އިރު އޭނާ ވަނީ މީގެ ކުރިން ވެސް އެތަކެއް އެހީއެއް ހުޅުދޫގެ ރައްޔިތުންނަށް ވެވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން