ޖެނެރޭޓަރު ވިއްކާނެ ފަރާތެއް ހޯދަން ފެނަކައިން އިއުލާންކޮށްފި އެވެ.

ޖެނެރޭޓަރު ވިއްކާނެ ފަރާތެއް ހޯދަން މިދިޔަ އަހަރު ފަހުކޮޅުވެސް އިއުލާންކުރި އެވެ.

އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށް ބުނެ އެ އިއުލާންތައް ބާތިލުކޮށް އަލުން ވަނީ އިއުލާންކޮށްފަ އެވެ،

ފެނަކައިން ބޭނުން ވެގެން އުޅެނީ 600، 1000، 1200 އަދި 1600 ކިލޯވޯޓުގެ ޖެެނެރޭޓަރު ތަކެކެވެ.

އާ ޖަނެޜޭޓަރުތައް ހޯދަމުންދާ އިރު މިިދޔަ މަސް ނިމެން އުޅެނިކޮށް ފުވައްމުލަކުގެ ޖަނެރޭޓަރެއް ހަލާކުވެ ކަރަންޓު ކެނޑުނު މައްސަަލަ ވަރަށް ހޫނުވި އެވެ.

އެ މައްސަލަ ހައްލުކުރަން ގދ.، ގައްދޫއިން ޖަަނަރޭޓަރެއް ގެންދަން އުޅުމުން ގައްދޫގެ ރައްޔިތުން އެކަމާ ދެކޮޅަށް ނުކުތުމުން އެންމެ ފަހުން ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އައްޑޫން ޓްރާންސްފޯމަރެއް ވަނީ ގެންގޮސްގޮސްފަ އެވެ.

ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވުމުގައި ފެނަކައިގެ އިހުމާލުއޮތް ކަމަށް ބުނެ އެ މައްސަލަ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވަނީ މަޖިލީހުގެ އެސްއޯއީ ކޮމިިޓީއަށް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން