ރާއްޖޭގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އަރައި ތިބި ވީޑީއޯ ސޯޝަލް މީޑީއާގައި އާންމުކޮށްފިއެވެ.

އިންޑިއާ ސިފައިގެން ދިވެހި މަސް ދޯންޏަކަށް އަރައި ހަރަކާތްތެރިވަމުން ގެންދާ ވީޑިއޯ ޝޯޝަލް މީޑިޔާގައި އާންމުކޮށްފައިވަނީ ކަންނެލި މަސްވެރިންގެ ޖަމިއްޔާއިންނެވެ.

އެޖަމިއްޔާއިން އާންމުކުރި ވީޑިއޯއިން ފެންނަނީ މަހިބަދޫ އަސަރުމާ-3، ދޯންޏަށް އިންޑިޔާ ސިފައިންގެ ބަޔަކު އަރައިގެން އުޅޭ މަންޒަރެވެ. ހަތިޔާރާއެކު އިންޑިޔާ ސިފައިން އެދޯންޏަށް އަރައި ތިބިއިރު ދޯނި ކައިރީގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދެއްވެސް އެ ސަރަހައްދުގައި އޮންނަތަން އާންމުކުރި ވީޑިއޯ އިން ފެނެއެވެ.

ވީޑިއޯއިން ފެންނަގޮތުގައި އިންޑިޔާ ސިފައިންގެ ދެ އުޅަނދުގެ ކައިރީގައި އިތުރު ދެ މަސް ދޯންޏެއްވެސް އޮވެއެެވެ. ދޯނީގެ ކައިރީގައި އޮތް ދެ ދިވެހި މަސްދޯންޏަކީ "ނެރު 7" އަދި "މާހޯރަ 3" އެެވެ.



އަސުރުމާ ދޯނީގެ ފަޅުވެރިއަކު ނަގާފައިވާ ކަމަށް ބެލެވޭ މި ވީޑިއޯގައި އޭނާ ބުނީ އިންޑިޔާ ސިފައިން އަރައި ދޯނީގެ ފަޅުވެރިން އެ ދޯނީގެ ފަހަތަށް ގެންގޮސްފައިވާ ކަމަށެވެ. ވީޑިއޯ އިން އެނގޭގޮތުގައި އަސުރުމާ ދޯންޏަށް އެެރި އިންޑިޔާ ސިފައިންގެ މީހަކު އަތުގައި ބަޑިއެއް އޮތްއިރު އަނެއް ސިފައިންގެ މީހާ އަތުގައި ޓޯކީ އައަކާއި ފޮތެއް އޮތްތަން ވީޑިއޯ އިން ފެނެއެެވެެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ބަލަމުން ގެންދާ ކަމަށެވެ.

މަސްވެރިންގެ ޔޫނިއަނުން ބުނީ، "އަސުރުމާ 3" ދޯންޏަށް ފުރަތަމަ އެރީ ހަތަރު ސިފައިން ކަމަށެވެ. އެއަށްފަހު އިތުރު ދެ ސިފައިން އެރިކަމަށް ޔޫނިއަނުން މައުލޫމާތުދެއެވެ.

މަސްވެރިންގެ ޔޫނިއަނުން ބުނީ ސިފައިން މަަސައްކަތް ކުރީ ދޯނީގައި ބޭނުންކުރާ ސެޓެލައިޓު ފޯނުގެ ނަމްބަރު ހޯދަން ކަމަށެވެ. އެ ވަގުތު ދޯނީގެ ކެޔޮޅު މަސައްކަތް ކުރީ ކޯސްޓް ގާޑަށް ގުޅައިގެން އެ މީހުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް އެ ޔޫނިއަނުން ބުންޏެެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި އޮތް ދިވެހި މަސްއޮޑިއަކަށް އިންޑިޔާ ސިފައިން އެރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ އިންޑިޔާ ސިފައިން ދިވެހި މަސްދޯނި ތަކަށް އެރި މައްސަލަ ކުށްވެރިކުރައްވާފައެވެ.

ނަމަވެސް މި ސަރުކާރާ ދެކޮޅު ނުވަތަ ފާޅުގައި އިންޑިއާ ސިފައިންގެ މިއަމަލަށް ތާއީދުކުރާ ބައެއް މީޑިއާތަކާއި މީސްމީޑިއާ އެކްޓިވިސްޓުން ބުނަމުން ދަނީ މިއީ ބަޔަކު ރާވައިގެން އިންޑިއާއާއި ދެކޮޅަށް ފަތުރާ ދޮގު ވާހަކަ ތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ދޮންބެ

19-Feb-2024

އޯކެޭ އެރިޔަސް އިންޑިޔާ ސަރަހައްދު މިއީވެސް އެމީހުންގެ ބާރު ހިގާނެ



ޓްރެންޑިން