ކޯވިޑް-19 އާާއި ގުޅިގެން އާންމު ޚިދުމަތްދޭ ތަންތަނަށް ވަދެ ނުކުތުމުގައި ގައިދުރުކަން އިހުތިޔާރުކުރުމަށް ސިޓީ ކައުންސިލުން ފާހަގަ ޖަހާފައި
ކޯވިޑް-19 އާާއި ގުޅިގެން އާންމު ޚިދުމަތްދޭ ތަންތަނަށް ވަދެ ނުކުތުމުގައި ގައިދުރުކަން އިހުތިޔާރުކުރުމަށް ސިޓީ ކައުންސިލުން ފާހަގަ ޖަހާފައި
އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އަމަލުކުރި 27 ތަނެއް މިއަދު ބަންދުކޮށްފިއެވެ.

ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން މިއަދު ވަނީ ފަށާފައެވެ. ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ ކުރިން ހިންގި އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ކިޔައިދީ ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

އެކަމަކު، ދެ ވަނަ އިންސްޕެކްޝަނަކަށް ނުކުންނަން ޖެހުނީ އެފަދަ ތަންތަން ރަނގަޅުކޮށްފައި ނުވާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމީން ވިދާޅުވީ މިއިންސްޕެކްޝަންގައި އުސޫލުތަކާ ހިލާފަށް ހިންގާ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށެވެ. އެގޮތުން މިއަދުގެ އިންސްޕެކްޝަންގައި 27 ތަނެއް ބަންދު ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޕްރޮގްރާމަށް އައުމާ ހިސާބަށް 52 ތަނެއް އިންސްޕެކްޓް ކުރެވުނު. އޭގެ ތެރެއިން 27 ތަނެއް ބަންދުކުރަން ޖެހުނު. 27 ތަނަކުން އުސޫލުތަކަށް ތަބާނުވޭ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެޗްޕީއޭއިން އާންމު ޚިދުމަތްދޭ ތަންތަން ކޯވިޑް-19ގެ އައު އާންމު އުސޫލުތަކާ އެއްގޮތަށް ހުރިތޯ ބެލުމަށް މިއަދު ނުކުތީ ކުރިން އެކަން އިޢުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން