އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   2 ފެބްރުއަރީ 2024 - 22:15
ޔޫރޮޕިއަން ޔޫނިއަން (އީޔޫ)ގެ ކޮމިޝަނާރ އޮފް އިންޓާނޭޝަނަލް ޕާޓްނާޝިޕް، ޖުޓާ އޫރޕިލެއިނެންއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ކޮމިޝަނާރާއެކު ކުރިއަށްދިޔަ ބައްދަލުވުމާ މެދު ހިތްޕުޅުހަމަޖެހޭ ކަމަށް މިއަދު ފޮރިން މިނިސްޓާރ ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އީޔޫއަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް ފުރިހަމަ ދައުރެއް އަދާ ކުރާ ފަރާތެއް ކަމަށާއި ރާއްޖެއާއި އީޔޫގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުރިއަރައިގެން ދާނެ ކަމަށެވެ.



މިބައްދަލުވުން ބާއްވާފައިވަނީ މިނިސްޓާރ މިނިސްޓަރ ޒަމީރް ބެލްޖިއަމްގެ މައި ސިޓީ ކަމަށްވާ ބްރަސެލްގައި އޮތް ތިންވަނަ އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިދިޔަ ބުދަ ދުވަހު ފެއްޓެވި މި ދަތުރުފުޅަކީ ރާއްޖެއާއި އީޔޫގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން