ތެލެސީމިއާ ކުދިންގެ ދުޅަހެޔުކަން ބަލާ ޓެސްޓެއް ކަމަށްވާ "ޓީޓޫ ސްޓާ" ޓެސްޓު ރާއްޖެއަށް ތައާރަފްކުރަން ނިންމައިފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިޞަލް އިބްރާހީމް ރޭ ވިދާޅުވީ ތެލެސީމިއާ ކުދިން ގަވައިދުން ހަދަން ޖެހޭ މުހިންމު ޓެސްޓުތައް ރާއްޖޭގައި ނުހެދޭ ކަމަށެވެ.

އެގޮތުުން ތެލެސީމިއާ ކުދިންގެ ފުރަމޭއާއި ހިތް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަން ހަދާ "ޓީޓޫ ޓެސްޓު" ހެދޭނެ ގޮތެއް އަދި ރާއްޖޭގައި ނެތް ކަމަށެވެ.

އެހެންވެ އެ ޓެސްޓު ހަދަނީ ރާއްޖެއިން ބޭރުން ކަމަށާއި އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޓެސްޓު ރާއްޖެއިން ހެދޭނެ ގޮތް ހަދަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުރާ ގޮތުގައި މި ފެބްރުއަރީ މަސް ނިމޭއިރު ރާއްޖޭގައި ޓީޓޫ ސްޓާރ ޓެސްޓް ހެދޭނެ މަގު ތަނަވަސްވެގެން ދާނެ." ފައިސަލް ވިދާޅުވިއެވެ.

އެ ޓެސްޓު ހަދަން މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތެލެސީމިއާއަށް ހޭލުންތެރިކަމުގެ ގައުމީ ކެމްޕޭނެއް އިއްޔެ ސަރުކާުރުން ފަށާފައިވާއިރު އެ ކެމްޕޭންގެ މަގުސަދަކީ ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން