އިންޑިއާއާ ރާއްޖެއާ ދެމެދު ޖެހިފައިވާ މައްސަލަ އަވަހަށް ހައްލުކުރަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފު) ވިދާޅުވެއްޖެ އެވެ.

ލަކްޝަދީބްގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ރާއްޖެ ބޮއިކަޓް ކުރުމަށް އިންޑިއާއިން ހިންގި ވަރުގަދަ ކެމްޕޭންއާއި އަދި އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް މަސް ދޯންޏަކަށް އެރި މައްސަލަ ވަނީ

ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެކަމާ ގުޅޭގޮތުން ޝަރީފް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ދޭތެރެ ދޭތެރެއިން މައްސަލަ ޖެހި ކަންކަމުގައި ހިޔާލުތަފާތު ވިޔަސް ދެ ގައުމުގެ ގުޅުން އޮތީ ވަރުގަދަކޮށް ބަދަހިކޮށް ކަމަށެވެ.

އެގޮތަށް މައްސަލަތައް ދިމާވަނީ ވެސް އިންޑިއާއިން ގެންގުޅޭ ކުދި ގައުމުތައް ބުލީ ކުރުމުގެ ސިޔާސަތުތަކާ ހުރެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މި މައްސަލަަތައް އަވަހަށް ހައްލުކުރަން ޖެހޭ. އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ފާގަތިކަމާ ހަމަޖެހުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުން މުހިންމު." ކުރިން އެމްޑީޕީގައި ހުންނެވުމަށް ފަހު މިހާރު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަަަމަށް އައުމަށް ފަހު އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ވެސް ދަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން އެކަމާ ގުޅޭ ވާހަކަތަކުގެ ދެވަނަ ބުރަށް މިހާރު ރާއްޖޭގެ ވަފުދެއް ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ. މިމަޝްވަރާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ރާއްޖޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން