އިންސާނީ އެހީތެރިކަމާއި، ސިއްހީ ބޭނުންތަކަށް މީހުން އުފުލުމަށްޓަކައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ކުރުން ކުރިއަށް ގެންދަން ރާއްޖެއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާ-ރާއްޖެ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިރޭ ބުނެފައިވަނީ އިންސާނީ އެހީތެރިކަމާއި ސިއްހީ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެއެެވެ.

އިންޑިއާ-ރާއްޖޭގެ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައެވެެ. އެގުރޫޕްގެ ތިންވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މާލޭގައި ބޭއްވި އެ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ އިތުރަށް ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހާރިޖީ މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

އިންޑިއާއާއި ރާއްޖެއާއެކު ހައި ލެވެލް ކޯ ގްރޫޕުގެ ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ބައްދަލު ކުރެއްވުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހުސައިން

19-Feb-2024

އަދި ސައިޒަށް ތިރިވާނެ.


2

ގުނބޯ

19-Feb-2024

5 އަހަރުތެރޭ މީގެ ކިތައްބައްދަލުވުން އޮންނާނެ ކޮމްމެ ވެރިކަމެއްގަވެސް ދިވެހިން ގުނބޯހެއްދުންނޫންކަމެއްނޯވޭ އެހެން ނުވާންވީ ސަބަބެއްވެސްނެތް ދިވެހިރައްޔިތުންނަކީ ގޮމްމުށައްނުސީހޭ ގަމާރުބައެއްވިއްޔާ



ޓްރެންޑިން