އިންޑިޔާ އަސްކަރިއްޔާއިން ރާއްޖޭގެ ސަރަހައްދަށް ވަދެ ދިވެހި މަސްދޯނިތަކަށް އެރީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލްތަކާ ވެސް ޚިލާފަށް ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށެވެ.



އެގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިޔާ ސިފައިން އަރާފައިވަނީ ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާ އަސްކަރިއްޔާ އިން ބޯޑުކޮށްގެން ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިއްޔެ އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ދިވެހި ތިން ދޯންޏަކަށް އިންޑިޔާ ސިފައިން އަރާފައިވަނީ މިދިޔަ ބުދަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

އެގޮތުން އިންޑިޔާ ސިފައިން އަރާފައިވަނީ "އަސުރުމާ 3" ދޯންޏާއި "ނެރު 7" އަދި "މާހޯރަ 3" ނަމަކަށް ކިޔާ ދޯންޏަށެެވެ. ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަގޮތުގައި އިންޑިޔާ ސިފައިން އެ ދޯނިތަކަށް އަރާފައިވަނީ ހަތިޔާރާ ވެސް އެކުގައެވެ.

މަސްވެރިންގެ ޔޫނިއަނުން ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި އޮއްވައި "އަސުރުމާ 3" ދޯންޏަށް ފުރަތަމަ އެރީ ހަތަރު ސިފައިން ކަމަށެވެ. އެއަށްފަހު އިތުރު ދެ ސިފައިން އެރިކަމަށް އެ ޔޫނިއަނުން ބުނެއެވެ.

އިންޑިޔާ ސިފައިން މަަސައްކަތް ކުރީ ދޯނީގައި ބޭނުންކުރާ ސެޓެލައިޓު ފޯނުގެ ނަމްބަރު ހޯދަން ކަމަށާއި އެ ވަގުތު ދޯނީގެ ކެޔޮޅު މަސައްކަތް ކުރީ ކޯސްޓް ގާޑަށް ގުޅައިގެން އެ މީހުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް މަސްވެރިންގެ ޔޫނިއަނުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން