ސަރުކާރަށް މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ އެހެން އިސްރާފުތައް މާ މުހިއްމުވުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ.

މިނިސްޓަރު ޝިޔާމްގެ ވާހަކަ ދޮގުކުރައްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޝިޔާމް ހެއްދެވީ އިތުރުފުޅެއް ކަމަށާއި ނޮވެމްބަރު 16، 2023ގެ ނިޔަލަށް މިފްކޯ އިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާ ކަމަށެވެ.



އަދި ސަޕްލިމެންޓްރީ ބަޖެޓް ފާސްވުމާއެކު ކުރީގެ ސަރުކާރުން ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސި ކަމަށާއި މިފްކޯއަށް މަސްވެރިންނަށް ފައިސާދޭން 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ވެސް ހަމަޖައްސާދީފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުންދިޔަ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

"މަސްވެރިންނަށް ފައިސާދިނުމަށް ވުރެ، އެހެން އިސްރާފްތައް މުހިއްމުވީމަ ފައިސާ ނުދެވޭނެ. އަޅުގަނޑުމެން މިއަށްވުރެ މާ ދަތި ދުވަސްތަކުގައި ވެސް ފައިސާ ދޫކުރަމުން ގެންދިޔައިން. މި ވާހަކަ ތިބޭފުޅުންގެ ސަރުކާރު ގެންނަން މަސައްކަތްކުރި މީހުން އެދަނީ ދައްކަމުން،" ކުރީގެ މިނިސްޓަރު އަމީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސަންބޯ

19-Feb-2024

ތިހެން ބުނަން ވެސް އެނގެނީ މިހާރު ތަ!!!!!


1

ވައްލަ

19-Feb-2024

ތިޔަކީ ތިޔަ ވާހަކަދައްކަން ތާހިރު މީހެއްނުން.



ޓްރެންޑިން