އިންޑިއާ ސިފައިން ރާއްޖޭގެ ދޯންޏެއްގައި ޙަރަކާތްތެރިވަނީ
އިންޑިއާ ސިފައިން ރާއްޖޭގެ ދޯންޏެއްގައި ޙަރަކާތްތެރިވަނީ
މަސްވެރިކަމަށް ނިކުމެ އުޅުނު ރާއްޖޭގެ އިތުރު ދޯންޏަކަށް އިންޑިޔާގެ މަނަވަރެއް ކައިރިކޮށް އިންޑިޔާ ސިފައިން ދޯންޏަށް އަރައިފިއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ތެރެއިން އަސުރުމާ-3 ދޯންޏާއި، މާހޯރަ-3 އަދި ނިރު-7 ދޯންޏަށް އިންޑިއާ ސިފައިން އެރި މައްސަލައެއް ވަނީ ހޫނުވެފައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން މިއަދު ބުނީ، އިތުރު ދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާ ޙާދިސާ ހިނގާފައިވަނީ 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެރޭ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން އަރާފައިވަނީ މާހޯރަ-3 ދޯންޏަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

"މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏައް އަރާ މަސްވެރިންނަށް ވަނީ ބިރު ދައްކާފައި." ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މަޢުލޫމާތު ދީފައިވެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ އެ މައްސަލަ އެ ދޯނީގެ ވެރިފަރާތުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.



މި މައްސަލާގައި ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ރޭ ބުނެފައިވަނީ، އިންޑިއާގެ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ވަދެ ދިވެހި މަސްދޯނިތަކަށް އަރާފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލްތަކާ ވެސް ޚިލާފަށް ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާ އަސްކަރިއްޔާއިން ހިންގި މިއޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިއްޔެ އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އިބްރާހީމް ވަޙީދު

19-Feb-2024

އަސްލު ގައިވެސް މިއީ ވަރަށް ބޮޑު މައްސަލައެއް އިންޑިޔާގެ ކަނޑު ގެ ސިފައިންގެ އެއަމަލު ތަކުގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިން ނައްމިވަނީ ކަނޑު މަތީގެ ބޮޑު ނުރައްކަލަކާ ބިރުވެރި ކަމެއްގެ ތެރޭގައި މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލާ ތަހުގީގު ކުރަންޖެހޭ ކަމެކެވެ އަދި ދިވެހި މަސްވެރިން ގެ ސަލާމަތާއި ރައްކާތެރިކަން ދިވެހިރާއްޖޭގެ ސަރުކާރުން ދިވެހި މަސްވެރިން ކަށަވަރުކޮށް ވޭން ޖެހޭ ނެއެވެ



ޓްރެންޑިން