ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބޭ މަންޒަރު ފެނިވަޑައިގަންނަވާކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށެވެ. އެގޮތުން މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ކާމިޔާބުވާ މަންޒަރު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



ސާލިހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ނިމުމާއެކު މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފަށާނެ ކަމަށެވެ.

ރައީސް ސާލިޙު އިތުރަށް ވިދާޅުވީ ބައެއް ދާއިރާތަކަށް ކުރިމަތިލާން ގަސްތުކޮށްގެން މަސައްކަތްކުރި ބައެއް ބޭފުޅުންނާ ޕާޓީގެ އިސްވެރިންނާއެކު މަޝްވަރާކޮށްގެން އެއްބަސްވުންތަކަކަށް އާދެވި ބައެއް ކެންޑިޑޭޓުން ފަހަތަށް ޖެހިވަޑައިގަތުމުން އެދާއިރާތަކުގައި ޕްރައިމަރީ ބާއްވަންނުޖެހުނު ކަމަށެވެ.

އެގޮތުން ބައެއް ދާއިރާތަކުގައި ޕްރައިމަރީ ނުބާއްވައި މަޝްވަރާއިން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމަކީ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަން ސާލިޙު ސިފަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީ މަޖިލީހުގެ ގިނަ ގޮނޑި ތަކެއް ކާމިޔާބު ކުރަން އެ ޕާޓީއަށް ފަސޭހަވާނެ ކަން ސާލިޙު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން