ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ހުއްދަނެތި ބޭރުގެ އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ހުއްދަނެތި ބޭރުގެ އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށެެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ހުއްދަ ނެތި އެއްވެސް ގައުމަކުން ވަނުމަކީ ބައިނަލްއަގުއާމީ ގާނޫނުތަކާއި ހިލާފުކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ވީހާވެސް އަވަހަކަށް އެކަން ތަހުގީގުކޮށް، އެކަން ހިނގާފަ އޮތް ގޮތް ބަލައި އެ މައުލޫމާތު އާންމުކުރުމަކީ މިކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން ކުރަންޖެހޭ ކަމެއް." ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ އެ މައްސަލާގައި އިންޑިއާއަށް ދިވެހި ސަރުކާރުން ޝަކުވާ ހުށައެޅުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދެވަނަ ފަހަރަށް މިފަދަ މައްސަލައެއް ދިމާވިޔަނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ދިވެހި ސަރުކާރުން ކުރަން ޖެހޭނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަސްބޯޓްތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށެވެ.



އެގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިޔާ ސިފައިން އަރާފައިވަނީ ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ކަމަށް އެބަޔާނުގައިވެއެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ދިވެހި ތިން ދޯންޏަކަށް އިންޑިޔާ ސިފައިން އަރާފައިވަނީ މިދިޔަ ބުދަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.



ހުސްވި ޖަނަވަރީ 31ގެ އެ ހާދިސާގެ ފަހުން އިންޑިޔާ ސިފައިން ހަތިޔާރާއެކު ރާއްޖޭގެ އިތުރު މަސްދޯންޏަކަށް ހަތިޔާރާއެކު އެރި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޗައިވާލާ

19-Feb-2024

ޝާބަސް ރައީސް ތިޔައީ ޤައުމީދަރިއެއް.



ޓްރެންޑިން