ކައިވެނި ޞައްހަ ނޫން ކަމަށް ސާބިތުކޮށް، ޕާކިސްތާންގެ ކޯޓަކުން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބިބީގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

2018 ވަނަ އަހަރު ކައިވެނި ބައްލަވައިގަތް އިމްރާނާއި ބުޝްރާގެ ކައިވެނި ކުރެވިފައިވަނީ އިސްލާމީ ޝަރިީއަތާއި ޚިލާފަށް ކަމަަށް ނިންމާ، ކޯޓުން ވަނީ އެދެމީހުން ބޮޑު އަދަދަކުން ޖޫރިމަނާކުރަންވެސް ނިންމާފައެވެ.

ޖަލުގައި ހުންނެވި އުމުރުން 71 އަހަރުގެ އިމްރާންގެ މައްޗަށް ދައުލަތުގެ ސިއްރުތައް ލީކުކުރި މައްސަލައިގައި ހުސްވި ހަފްތާގައި 10 އަހަރުގެ ޖަލު ހުކުމެއް ޕާކިސްތާންުގެ ކޯޓަކުން އިއްވާފައިވާއިރު އޭނާގެ އަނބިކަނބަލުންނާއިއެކު ގަވާއިދާ ހިލާފަށް ދައުލަތުގެ ހަދިޔާތައް ވިއްކުމުގެ ކުށުގައި 14 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައި ވެއެވެ. މިމައްސަލައިގައި އިމްރާނާއި ދެކޮޅަށް ދައުވާކޮށްފައިވަނީ ވެރިކަމުގައި ހުންނަވައިގެން ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުގައެވެ.

ޕާކިސްތާނުގައި ފެބްރުއަރީ 8 ގައި ބާއްވާ މަޖިލިސް އިންތިހާބަށް ކުޑަ ދުވަސްކޮޅެއް އޮއްވައި އިއްވި މި ހުކުމްގައި ދައުލަތުގެ އެއްވެސް މަގާމެއް ފުރުއްވުމަށް ޚާން ޝަރުތު ހަމަނުވާކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން