އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓްގައި ކުރިއަށް އޮތް މަޖިލީހުގައި ވާދަކުރުމުގެ ފުރުޞަތު، ކުރީގެ ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ހޯއްދަވައިފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ނަޒޫއާ ވާދަކުރައްވާފައި ވަނީ ފުވައްމުލައް ސިޓީ ދޫޑިގަން، ލިވައިސް، އަބްދުﷲ އަފީފްއެވެ. ފުވައްމުލަކަށް އުފަން ނަޒޫ މި ދާއިރާގެ އެމްޑީޕީ ޓިކެޓް ހާސިލުކުރައްވާފައި ވަނީ 434 ވޯޓު ހޯއްދަވައިގެންނެވެ.



ފުވައްމުލަކުގައި ބެހެއްޓި ވޯޓުފޮށިން 302 ވޯޓު ލިބިވަޑައިގެންނެވިއިރު މާލޭގައި ބެހެއްޓި ވޯޓުފޮށިން ނަޒޫއަށް ވަނީ 302 ވޯޓު ލިބިވަޑައިގެންފައެވެ. އެގޮތުން، މާލެއިން 17 ވޯޓާއި ފުވައްމުލަކުގައި ބެހެއްޓި ވޯޓު ފޮށިން ލިބުނު 53 ވޯޓާއިކު ނަޒްރާއާއި ވާދަކުރި އަފީފަށް ލިބުނީ މުޅި ޖުމްލަ 70 ވޯޓެވެ.

ނަޒޫ އަކީ ނިމިިދިޔަ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓްގެ މަގާމު އަދާކުރައްވާފައިވާ ނާއިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޯފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން