މަރުވެއްޖެއޭ ކިޔައިގެން ސްޓަންޓެއް ޖެއްސި އިންޑިއާގެ މޮޑެލް، ޕޫނަމް ޕާންޑޭއަށް އެ ގައުމުގެ އެތައް ބައެއްގެ ނުރުުހުން އަމާޒުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ޕޫނަމް މަރުވިކަމަށް އަޑު ފެތުރުނީ އޭނާގެ މެނޭޖަރުން އިންސްޓަގްރާމްގައި އެކަން އިއުލާން ކުރިކަމަށް ބުނެއެވެ.

އިންސްޓަގްރާމްގައި އޭރު ބުނެފައިވާ ގޮތުން ޕޫނަމް މަރުވީ ރަހިމުގެ ދޮރަށް ކެންސަރު ޖެހިގެން ނެވެ.

އެއާއެކު އެ ހަބަރު މުޅި އިންޑިއާގައި ވައިރަލްވި އެވެ.

ނަމަވެސް ޕޫަނަމް އިއްޔެ ވަނީ އެއީ ސްޓަންޓެއް ކަމަށާއި އެކަން ކުރީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމަށް ބުބެފައެވެ.

އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ބަރުކާ ދަތު ބުނީ ޕޫނަމް ކުރީ ވަރަށް ލަދުވެތި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިއީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގައި މަރުވާ މީހުންނާއި އަދި އެ ބަލި ތަހައްމަލުކުރާ މީހުންނަށް ކުޑައިމީސްކޮށް އެމީހުން ނަފްސާނީ ގޮތުން ބަލިކޮށްލުމުގެ އަމަލެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ޕޫނަމަށް ފާޑުކީ މީހުންގެ ތެރޭގައި އިންޑިއާގެ ފިލްމީ ދާއިރާގެ މީހުންނާ އަދި ޓީވީ ތަރިންބާ ފިލްމު އުފައްދާ މީހުންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޓީވީ ސިލްސިލާތަކާއި ފިލްމުތައް އުފައްދާ މަޝްހޫރު އެކްތާ ކަޕޫރުވެސް ހިމެނެ އެވެ.

ބައެއް ތަރިން ކުރިން ޕޫނަމް މަރުވި ހަބަރު ލިބިގެން ހަމްދަރުދީވެ ކުރި ޓުވީޓުތައް ވެސް ވަނީ ޑިލީޓްކޮށްލައިފަ އެވެ.

އިންޑިއާގެ ފިލްމީ އަދި ޓީވީ ތަރިންނާ ގުޅޭ ސައިން ވޯކާސް އެސޯސިއޭޝަނުން ވަނީ ޕޫނަމްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ވެސް ގޮވާލައިފަ އެވެ.

ޕޫނަމް މަރުވީއޭ ކިޔައި އޭގެ ތެދު ދޮގު ނުބަލައި އިންޑިއާގެ މީޑިއާތަކުން ހަބަރު ފެތުރުމުން އެ މީޑިއާތަކަށް ވެސް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން