ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި 1257 މީހުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު އެކްސްއެއްގައި ވިދާޅުވީ ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 1060 މީހުން ރީރަޖިސްޓަރީ ވެސް ކޮށްދީފައިވާ ކަމަށެވެ. އަދި 197 ހުށަހެޅުމެއް ބަލައިނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި 20848 މީހުން ރީ ރަޖިސްޓްރީ ކުރި ކަމަށެވެ.

"ރީރަޖިސްޓަރީ ކުރަައްވަން ހުށަހެޅުއްވުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކްކޮށް ލެއްވުން އެދެން." ހަބީބު އިތުރަށް ވިދާޅުވި އެވެ.

ރީ ރަޖިސްޓްރީ ކުރުމުގެ ފުުރުސަތު އިލެކްޝަންސްއިން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އަންނަ ބުދަ ދުވަހު އެ މުއްދަތު ހަމަވާނެ އެވެ.

އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ރިސޯޓު، ސިނާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައި ކަމަށް ވެސް އިލެކްޝަންސްއިން ބުންްޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން