ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރުމަށް އައިޑީޔޫގެ މެމްބަރު ޤައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫގެ) ގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ އިސްބޭފުޅުން ރޭ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އައިޑީޔޫގެ މެމްބަރު ޤައުމުތަކުން، ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމަށް އެމްޑީޕީގެ ފަރާތުން އެދިފައިވާ ކަމަށެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ރައީސް، މުހަންމަދު ނަޝީދު ވިދާޅުވީ އައިޑީޔޫގެ މެމްބަރު ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި ލުއިތައް ދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އޮސްޓްރިއާ، ޖަރމަނީ، ގްރީސް، ހަންގޭރީ، ނޯވޭ އަދި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާވެސް އައިޑީޔޫގެ މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭއިރު މި ޤައުމުތަކުން ފަތުރުވެރިން ގެނައުމުގައި އެހީވެދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޤައުމުތަކުގެ ފޮރިން ރިލޭޝަންސް ކޮމިޓީއަށް މި މައްސަލަ ގެންދިއުމަށާއި، ހުކުރު ދުވަހު އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އެއްބަސްވެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އަންނަނީ މި ޖަމާއަތުގެ ކޮންމެ ބައްދަލުވުމެއްގައިވެސް ބައިވެރިވަމުން. އަދި އަޅުގަނޑުމެންނާ އެކުގައި މި ސަރަޙައްދުގެ އެތައް ޤައުމެއްވެސް މިކަމުގައި ބައިވެރިވެގެންދޭ. ޚާއްސަ ގޮތެއްގައި ސްރީލަންކާ އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ނައިބްރައީސް މުޙައްމަދު ޝިފާޒާއި، ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން، ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާއި އެމްޑީޕީގެ ސެކެޓްރިއޭޓްގެ އިސް ވެރިންނާއި، ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޑީޕީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު