ރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި ޕްރައިވެޓް ސެކްޓާގެ ވިޔަފާރި ފުޅާކުރަން ވޯލްޑް ބޭންކާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފި އެވެ.

އެ ބައްދަލުވުންތަކުގައި ވޯލްޑް ބޭންކުން ބައިވެރިވި ބޭފުޅުންގެ ތެރޭގައި އެ ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަ ނާއިބު ރައީސް މާޓިން ރައިޒާ ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމަށް ފަހު މާޓިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައްދަލުވުން ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށެވެ.

އަދި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި ޕްރައިވެޓް ސެކްޓާގެ ވިޔަފާރި ފުޅާކުރަން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ހާލަތާއި އަދި ކުރިއަށް ވިސްނާ ކަންކަމާއި ރާއްޖޭގެ އިގްތިސާދު ފުޅާކުރަން ކުރާ ކަންކަމުގެ މައުލޫމާތު ވޯލްޑް ބޭންކް އަދި އައިއެމްއެފް ފަދަ އިންސްޓްޓިއުޝަންތަކާ ހިއްސާކުރުން މުހިންމުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން