ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ނާއިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަަލައިގެ ނޯޓިސް އެ ބޭފުޅުންނަށް މިއަދު ފޮނުވައިފި އެވެ.

މަޖިލީިހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެ ދެ ބޭފުޅުންނަށް ނޯޓިސް ފޮނުވީ މިއަދު ކަމަށެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ކޯލިޝަނުން 23 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއިރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އަދި މިހާރު އެއްކޮށް މަސައްކަތް ކުރާ ޑިމޮކްރެޓްސްއާ ގުޅިގެން ވަނީ ކެބިނެޓްގެ ތިން ވަޒީރަކަށް ރުހުން ނުދީފަ އެވެ.

އަދި އެކަމާ ގުޅިގެން މަޖިލީހުގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފަ އެވެ،

ސަރުކާރު ކޯލިޝަނުން އެ މައްސަލައިގައި އަސްލަމާއި ސަލީމަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފަ އެވެ.

އެ ކޯލިޝަނުން ވަނީ އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން