ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ( ދޮންބިލެތް ހަލީމް)
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ( ދޮންބިލެތް ހަލީމް)
މަނީލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް, ރައީސް އަބުދު ﷲ ޔާމިނަށް ޖަލު ނޫން އެހެން ގޮތެއް ހޯދަންޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް ( ދޮންބިލެތް ހަލީމް ) ރޭ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ، ކުރީގެ ރައީސުން ވެރިކަން ނިމުމުން ޖަލަށް ގެންދާ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. ކުރީގެ ރައީސް ޔާމިން ޖަލުގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނަށް ވެސް ޖަލު ނޫން އެހެން ގޮތެއް އޮންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ދޮންބިލެތް ވިދާޅުވިއެވެ.

ރައީސް ޔާމިން އަކީ ވެސް ރައްޔިތުން އިންތިޚާބުކޮށް ގައުމުގެ ރައީސް ކަން ކުރެއްވި ވެރިއެއް ކަމަށާއި، އެމަނިކުފާނަށް ދެރަވާނެ ގޮތަކަށް ކަންތައް ކުރުމަކީ ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫން ކަމަށް ހަލީމް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ހަމްދަރުދީވޭ ޔާމިން އަށް، ޔާމިން އަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށް ރައީސް ކަން ކޮށްފައިވާ ވެރިއެއް، އެމަނިކުފާނާއި މެދު ކުޑައިމީސް ކުރާކަން ނެތިން، ރައީސް ޔާމިން އަށް ކުރެވުނު ކަމަކީ އުމުރު ހަމަނުވާ ކުއްޖަކާއި އެކު މާ ބޮޑަށް އުޅެވުނީމަ ދިމާވި މައްސަލަ އެއް. މީ މިއަދު ޔާމިން އަށް ހަޖޫ ޖަހައި އެމަނިކުފާނު ދެރަވާނެ ގޮތެއް ހެދުމަކީ މި ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫން. އަޅުގަނޑުމެން އެބަ ބަލަންޖެހޭ ޔާމިން އަށް މިހާރު ނޫން އޮތް ތަން ( މާފުށި ޖަލު ނޫން) އެހެންގޮތެއް ހޯދަންޖެހޭ. އެމަނިކުފާނު ވެސް ކުށްވެރިވީމަ ކުށްވެރިވީ، އެހެން ނަމަވެސް ވެރިކަން ކުރާ ކޮންމެ މީހަކު ޖަލަށް ލާންޖެހޭ ކަމަކަށް ނުދެކެން." ހަލީމް ވިދާޅުވިިއެވެ.

ރައީސް ޔާމިން އަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި، ހުކުމް ކޮށްފައިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށް ބުނެ އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށާފައެވެ. ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ ރައީސް ޔާމީނަށް ދެނީ ނުހައްގު އަދަބެއް ކަމަށެވެ. ޔާމިންގެ މައްޗަށް އިތުރު ދައުވާ ތަކެއް ވެސް ޕީޖީން މިހާރު ވަނީ އުފުލާފައެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ ވެރިކަމަށް އަންނަ ކޮންމެ ބަޔަކީ ގައުމު ލޫޓުވާލާނެ ކުރީގެ ރައީސުން ޖަލަށްލާނެ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ވެރިކަމަށް އަންނަ މީހުން ވެސް އެ ސަގާފަތް ބަދަލުކުރަންޖެހޭ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރު ކޯލިޝަނާއި އޮތް ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ކޯލިޝަނާއި ޖެހިގަނެގެން އެމްޑީޕީން ނޫޅޭ ކަމަށެވެ. އެހެން ނަމަވެސް ކޯލިޝަންގައި ހިމެނޭ ބައެއް ވަޒީރުންނަށް މިހާރު ކުރެވޭ ތުހުމަތުތަކަށް އެބޭފުޅުން ޖަވާބުދާރީވާންޖެހޭ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި ހަމަޔަށް އެކަން ކަން އަންނަންޏާ ތިބޭފުޅުން ( ވަޒީރުން ) ޖަވާބުދާރީ ކުރުވާނަން. އަޅުގަނޑުމެން މިތިބީ ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް އިތުބާރުކޮށް ސަރުކާރު ޖަވާބުދާރީ ކޮށް ސަރުކާރަށް ވާގިވެރިވެސް ވާން. ސަރުކާރުން ފޮނުވާ ބިލްތައް ވެސް ސަރުކާރަށް އުނދަގޫ ނުވާ ގޮތަކަށް އެކަންކަން ކުރަމުންދާނަން. އަޅުގަނޑު ދަންނަވާނީ ރައީސް ސޯލިހާއި ރައީސް ނަޝީދާއި އެމްޑީޕީ އަށް އިތުބާރު ކުރައްވާށޭ. އެމްޑީޕީ މިގައުމު އެހެން ހާލަތަށް ގެންދާނަން. ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އެމްޑީޕީގެ ހަގީގީ ވެރިކަމެއް މެމްބަރުންނަށް ފެނިގެންދާނެ." ހަލީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


3

ބިލެތް

02-Aug-2020

ކަލޭމެން ޔާމީން ލާން ބޭނުން ތަނަކަށްލާ...އަދި ކަލޭމެން ބޭނުން ކޮންމެ ތަނަކަށް ޔާމީން ލެވިދާނެ...މިހާރު ރާގު ބަދަލުވެގެން ތިދަނީ ކީއްވެގެން ކަން އަހަރުމެނަށް ވަރަށް ރަނގަޅަށް އެނގޭ މާ ހެޔޮ ބޮޑުވެގެން އުޅޭނި ކަމެއް ނެތް..ޤައުމުގަ ވެރިކަން ކުރާ ހުރިހާ ވެރިން ޖަލަށް ވަންނަން ޖެހޭނެ ކަމެއް ނޭންގެ...އެހެން ނަމަވެސް އެނގޭ ކަމަކީ ޕީޕީ އެމް ގެ ވެރިކަމެއް ޒަމާނެއްގެ ކޮޅުން މިޤައުމުގަކުރަންލިބުނަސް ތިޔަ ސޯލިހު އާ އައްނިއާ ޖަލުގެ ކުޑަ ގޮޅިއަށް ލެވޭނެކަން.....މިކަން ދޮން ބިލެތްގެ ވިސް ނުމުގަ ބަހައްޓާތި...ރައްޔިތުންގެ ބައިތުލްމާލު ދަވާލާފަ...ރައްޔިތުން ބިކަކޮށްފަ...ސަރުކާރުގެ އިހުމާލުން އެތަކެއް ކުޑަކުދިންނާ މާބަނޑު އަންހެންނާ މިދުނިޔެ ދޫކުރިކަން ހަނދާނަކުން ނުނެތޭނެ...ގަސްތުގަ ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަނދާން ނުނެތޭނެ...މުޅި ރާއްޖެއަށް މިވައިރަސް ފަތުރަން ތިޔަ މަޖިލިސްމެމްބަރުން މަޖިލިސް ރައީސްކުރި ކަންކަން ބެލޭނެ ދުވަސް މާތް ﷲ ގެ އިރާދަފުޅާ އެކު ލަސްތަކެއް ނުވެ ފެނިގެންދާނެ..


13

އެތެރެ ދޮރާށި

01-Aug-2020

ދޮންބިލެތް ކާރީ ބުނެލަން އޮތީ މިފަހަރު ތިޔަ ވިދާޅު ވީ ވަރަށް ދެރަ ވާހަކައެއް އަހަރަމެން ރައްޔިތހުން އަގުލަބިއްޔަތުން ވެރި އަކަށް ހޮވާ ކޮންމެ ރައީސަކު މުޅި ދައުލަތުގެ ބައިތުލްމާލު އަބިދަރިންނަށާއި ތިމާގެ މީހުނަށް ހުސްކޮށްލީމާ އެމީހަކަށް ބޮޑު ގަނޑުވަރެއްދީ ބާންދީން އައްޔަނު ކޮށް އުމުރު ދުވަހަށް މުސާރަ ދެންޔާ ރައްޔިތުން އަށް ނެތް އެއްވެސް ފައިދާއެއްް


21

ދިވެހިދަރި

31-Jul-2020

ޖަލު ކަމުނުދަންޏާ ހުރަގެ ރަނގަޅުވވާނެ!


4

އައްޔާ

31-Jul-2020

އަރުވާލަންވީ ގައުމުން ބޭރަށް


4

ދުމާ

31-Jul-2020

އެއްތޮށި ގަނޑެއްގެ ތެރޭގައިއޮތް ދެބަރަވެލިން ނުހައްގުން ރައީސް ޔާމީން ޖަލަށްލައިގެން އަނިޔާކުރަމުންދާ އެތައް ދުވަހެއްޖެއެވެ . ދޮންބިލަތަށް އަދިކިރާ ރޭކާލީ !


-3

ދުމާ

31-Jul-2020

ދޮންބިލެތް މަކަރާއި ފަނިހަކުރާއި ދޯބުރާލިހަކުރާއި ، ދިވެހިހަކުރާއި ، ހީލަތާއި މަކަރުން ނުކާށެވެ . ގޮންހުސްވެ ފެންހުސްވެ ފެންފޯއް ހުސްވެ ދުފާލާނެ ފޯއްކޮޅެއްނުލިބި ތަލިންކުޅުހިކުނީމާ ރައީސް ޔާމީންގެ ވާހަކަދައްކާނެ ކަމެންނެތެވެ . ސޮރީ


-12

علي وحيد

31-Jul-2020

އެޖެންޑާ 19 ތަފާތުވާނެ ކުރިޔައް އޮތް ދުވަސްކޮޅުގަ ގައުމުގެވެރިކަމުގެނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަޖިލީހަށް ހުށައެޅުން އިންޑިއާ އަށް ގައުމު ދަރުވާލާފަ ދެން އިންޑިޔާގެ އަތްދަށަކުން ސަލާމަތެއްނުވާނެކަމަށްބުނެ އިންޑިއާގެ އަޅުވެތި ކަމަށް ރަށްޔިތުންނާއި ގައުމު ދިނުން އެޖެންޑާ 19 ތަފާތުވާނެ ކޮވިޑް-19 ތަފާތުވާނެ ކޮވިޑް-19 26ބިލިޔަން ރުފިޔާ ތަފާތުބޮޑުވާނެ


-2

ޢަބްދު

31-Jul-2020

ރިހާކުރު ފުޅި ވަގަށް ނަގަިގެން ޖަލަށް ލީ މީހާއަށް އެހެން ގޮތެއް ނެތް? 2 ސަމުސާ ކޮފީ ނަގައިގެން ޖަލަށް ދިޔަ މީހާ އަށް އެހެންގޮތެއް ނެތް..



ޓްރެންޑިން