ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ބަލި ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ކެންސަރާއި ބެހޭ ދުވަހާއި ގުޅުވައިގެން ނެރުނު ބަޔާނެއްގައެވެ. އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ ކެންސަރު ބައްޔަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވުމަށް މެދުވެރިވާ ދެވަނަ ސަބަބުކަން ފާހަގަކޮށްފައެވެ.
ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން ކެންސަރު ބަލީގައި މަރުވާކަން އެޗްޕީއޭއިން ފާހަގަކުރިއެވެ. އޭގެ ތެރެއިން 40 އިންސައްތަ މީހުން މި ބަލީގެ ޝިކާރައަކަށް ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ހުންނަ ގޮތުގެ ސަބަބުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާއި ހަވާލާދީ އެޗްޕީއޭއިން ބުނީ
2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގައި 17 އިންސައްތަ މީހުން ކެންސަރު ބަލީގައި މަރުވިއެވެ.
އެޗްޕީއޭއިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި އެ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމްކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރަޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން އެ ރަޖިސްޓްރީއަށް އަޅާ އަދާހަމަކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
- ދުފުން
- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
- ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން
- ބަނގުރާ ބުއިން
ކެންސަރުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތައް
- އެޗްޕީވީ ވެކްސިން ޖެހުން
- އަވިން ރައްކާތެރިވުން
- ދަރިފުޅަށް ގާތުން ކިރުދިނުން
- ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
- ކެއުމުގައި ވީހާ ވެސް ގިނައިން ތަރުކާރިއާ މޭވާ ބޭނުންކުރުން
- ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނޭ ކަމަށް އެޗްޕީއޭގެ ބަަޔާނުގައި ބުނެފައި ވެއެވެ.

ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް 2024 - ރިޕޯޓް pic.twitter.com/dNZ81YXrCF
— Health Protection Agency (@HPA_MV) February 4, 2024
އެޗްޕީއޭއިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި އެ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމްކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރަޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން އެ ރަޖިސްޓްރީއަށް އަޅާ އަދާހަމަކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
- ދުފުން
- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
- ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން
- ބަނގުރާ ބުއިން
ކެންސަރުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތައް
- އެޗްޕީވީ ވެކްސިން ޖެހުން
- އަވިން ރައްކާތެރިވުން
- ދަރިފުޅަށް ގާތުން ކިރުދިނުން
- ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
- ކެއުމުގައި ވީހާ ވެސް ގިނައިން ތަރުކާރިއާ މޭވާ ބޭނުންކުރުން
- ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނޭ ކަމަށް އެޗްޕީއޭގެ ބަަޔާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު