މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލެޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައިނުވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމު ފުރުއްވި ދުވަސްވަރު އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ އޭރުގެ ޓުވަރިޒަމް މިނިސްޓަރ އަހުމަދު އަދީބު އަތުން ފައިސާ ހޯއްދަވައިގެން ސާޖަރީއެއް ހެއްދެވި ކަމަށް ނުވަތަ ބޭސްފަރުވާ ކުރެއްވި ކަމަށް "ރާއްޖެ އެމްވީ"ގައި ލިޔެފައިވާ ޚަބަރު ދޮގުކުރައްވައި ޑރ.އަބްދުﷲ ދީދީ ވިދާޅުވީ މިހާތަނަށް އަދި އެއްވެސް ސާޖަރީއެއް ހަދާފައި ނުވާކަމަށެވެ. އަދި ޚަބަރުގައި ލިޔެފައިވާފަދަ ނުހައްޤު އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައި ނުވާކަމަށް ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.
"28 ޖޫން 2018 އިން 18 ނޮވެމްބަރ 2019 އަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު އަދާކުރި މީހެއްގެ ޙައިޘިއްޔަތުން ދަންނަވަން. އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި އަޅުގަނޑަށް ލިބިފައެއް ނުވާނެ. އަދި އެއްވެސް ކަހަލަ ސާރޖަރީއެއް މިހާތަނަށް ހަދަންޖެހިފަނުވޭ." ޑރ.އަބްދުﷲ ދީދީގެ ޓްވީޓްގައި ވިދާޅުވިވެފައި ވެއެވެ.
ރާއްޖެ އެމްވީގައި ބުނެފައިވާގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރަކު ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް ފައިސާ ބޭނުންވެގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުން އެދުމުން ފައިސާ ދިންކަން ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުން އެނގޭކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު