ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އަންނަ ރޯދަމަހުގެ ފަހުން ބާއްވާ ގޮތަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގެ މަސައްކަތް އެޖެންޑާކޮށް މާދަމާ މެންދުރުފަހު ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިޖަލްސާ ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު ދޭއް ޖަހާއިރަށެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާ އޮތީ މަޖިލިސް އިންތިހާބު ފަސްކުރެވޭ ގޮތަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޝިފާއު ހުށަހަޅުއްވާފައިވާ އިންތިހާބުތަކުގެ ގާނޫނަށް އިސްލާހު ގެންނަ ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމެެވެ.

މެމްބަރު ޝިފާއު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު 17، ގައެވެ. އެދުވަސް ދިމާވަނީ ރޯދަމަހުގެ ދުވަހަކާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ މެންދުރުފަހު ބާއްވަން ތާވަލްކޮށްފައިވާއިރު މާދަމާ ހެނދުނު 9 ޖަހާއިރު ރިޔާސީ ބަޔާން އިއްވާ ޖަލްސާ ވެސް ވަނީ އެޖެންޑާކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން