ރާއްޖޭގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީދަނޑުވެރިކަން ކުރިއެރުވުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް އެރަށެއްގެ އިގްތިސާދު ކުރި އެރުވުމަށް ވެސް މަސައްކަތް ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ އަލުން ފުރަބަންދަށް ދިޔުމަށް ތާއިދު ނުކުރައްވާ ކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ފުރަބަންދުކޮށްފިނަމަ އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ކޮވިޑްގެ މި ހާލަތުގައި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް މިދަނޑިވަޅުގައި އުޅުން މުހިންމު ކަން ފާހަގަކުރައްވައި އަދި އެބޭފުޅުން ކުރާ މަސައްކަތްތަކަށް ވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ފުރަބަންދަށް ގޮސް ބޯޑަރުތައް ބަންދު ކުރުމަކީ ހައްލު ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިދިޔަ 15 ވަރަކަށް ދުވަހު ވެސް ހާހެއްހާ ޓޫރިސްޓުން ނާދޭ. ނަމަވެސް މިވިޔަފާރީގައި ވިކުރާ ވަންނަނީ ވަތްގަނޑު ހުޅުވާފައި ހުރީމަ. އަޅުގަނޑުމެން ރާއްޖެއަށް މީހުން އޮމާން ކަމާއެކު ރަނގަޅު ގިނަ އަދަދު އަންނަން ފެށޭނީ ވެސް މިއަދު އަޅުގަނޑުމެން ހުޅުވާލީމަ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ހުޅުވައިގެން ޚިދުމަތް ދެމުން ގެންދިޔާމަ މަޑު މަޑުން ނަމަވެސް ހަމަ ކަށަވަރުން ވެސް އިރާދަކުރެއްވިއްޔާ ޓޫރިޒަމް އަޅުގަނޑުމެންނަށް ކުރީ ހުރިތަނަށް އައިސް ދެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ވައުދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އޭގެ ތެރޭގައި މަސްވެރިކަމަށް ޚާއްސަކޮށް، ގޭދޮށު މަސްޕްލާންޓް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އެގޮތުން މިހާރު ތިން ގޭދޮށު މަސްޕްލާންޓް އެކިއެކި ރަށްރަށުގައި ގާއިމް ކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން މަސް ވިއްކާ އަގު ރަނގަޅުވެގެންދާނެ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު