ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމައިފި އެވެ.

މެމްބަރު ޖާބިރު ވަކިކުރަން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ، މިކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއް ކަމަށްވާތީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ބުނީ އެ މައްސަލަ ބެލުމަށްފަހު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ޖާބިރަށް ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ޖާބިރު އެމްޑީޕީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީ ނަމަވެސް އެފުރުސަތު ލިބޭނީ ޕާޓީގެ ޤައުމީ މަޖިލިހަށް އެކަން ހުށައަޅައިގެން އެމަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި އެފަދަ ހާލަތެއްގައި އެމްޑީޕީއާއި ގުޅުމުގެ ފުރުސަތު ދިން ބަނަވެސް ޖާބިރު ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން މީލާދީ ސަނަތުން ފަސް އަހަރު ދުވަހުގެ މުއްދަތެއްގައި، ޕާޓީގެ އެއްވެސް މަޤާމަކަށް އައުމުގެ ފުރުސަތުވެސް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ވެސް ނުލިބޭނެ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް އެޕާޓީން ބުންޏެެވެ.

ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރި ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން