ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

ފެނުމުން މަހުރޫމްވެފައިވާ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ކުރިން ހުޅުވާލައިފައި އޮތީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް އެ މުއްދަތުގެ ކުރިން، 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވަނީ އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލައި ޓެމްޕްލޭޓެއް ބޭނުންކޮށް ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލައިފަ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އަދި ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން