އިދިކޮޅުން ސަރުކާރާއި މަޝްވަރާ ކުރުމަށް ރައީސް ޞާލިހު ގޮވާލައްވާފައިވާއިރު މަޝްވަރާ ކުރަންވީ ކޮން ރައީސަކާއި ކަން އޮޅިފައިވާކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިހުލާސްތެރި އިދިކޮޅު ލީޑަރު ސާފުކޮށް، ސަރުކާރާއި އެކު މަޝްވަރާކުރަން އިދިކޮޅު ފަރާތްތަކުން އަންނަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކު މަޝްވަރާ ކުރެއްވުމަށް ގޮވާލުމުން ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް މިކަމާއި މެދު ލޮލުފިޔަ ނުޖެއްސެވިގެން އުޅުއްވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ރައީސް ޞާލިހަކީ ހުދުމުހުތާރުކޮށް އެއްވެސް ކަމެއް ނިންމަވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާ، އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން. މިއީ ސުވާލެއް އޮތް ކަމެއްނޫން. އިދިކޮޅާ ކަމަކާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރާނަމަ މަޝްވަރާ ކުރާނީ ކޮން ރައީސެއްކަންވެސް އެބަ އެގެންޖެހޭ. ތިތަނުން އެގަހުކޭލެއް ނޭގޭ. ރައީސުލް ޖުމްހޫރިއްޔާ އޮޅިއްޖެ." ޝުޖާއު ވިދާޅުވިއެވެ.
ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޙާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލުތު ތަފާތުވުންތަކެއް ހުރި ކަމުގައި ވީނަމަވެސް ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެންގެ މަޝްވަރާ އާއި އެކުގައި ކަންކަން ކުރުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތްކަމަށެވެ.
ޤައުމުގެ އެތެރޭގައި ހިނގާ ކަންކަމުގައި ސިޔާސީ ވާދަވެރިކަން އިންތިހާއަށްބޮޑުވެ، ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައިވެސް ސިޔާސީ ވާދަވެރިކަން އިސްކުރުމަކީ ޤައުމަށް ފައިދާވާނެ ކަންކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސިޔާސީ ފިކުރު ތަފާތުވި ކަމުގައި ވީނަމަވެސް އެންމެން ގުޅިގެން އެކުގައި މަޝްވަރާކޮށް ކަންކަމުގައި ހައްލު ހޯދުމަކީ ޤައުމަށްވެސް ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު