ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު
މިދިޔަ މަހުގެ 17 އިން 23އަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ޔުގަންޑާގެ ކެމްޕާލާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ނައިބުރައީސްގެ މި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 983،032.13 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ނައިބު ރައީސްގެ ޔުގަންޑާ ދަތުރުފުޅުގައި ޖުމުލަ 10 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ބޭފުޅުންގެ ޓިކެޓަށް ޖުމުލަ 650،847.36 ރުފިޔާ ހޭދަވިއެވެ. އެއީ، ބިޒްނަސް ކްލާހުގެ ތިން ޓިކެޓާއި އިކޮނަމީ ކްލާހުގެ ހަތް ޓިކެޓެވެ.

މީގެ އިތުރުން، އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތް 10 ބޭފުޅުންނަށް ޕޮކެޓު މަނީގެ ގޮތުގައި 95،232 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި ދަތުރުފުޅުގައި ދެ ބޭފުޅަކަށް ޔުގަންޑާގެ ސަރުކާރުން މެހުމާންދާރީ ހަމަޖައްސައިދެއްވިއިރު، އިތުރު ދެ ބޭފުޅަކަށް އެކަމަޑޭޝަން ހަމަޖައްސައިދެއްވިކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ނައިބު ރައީސް ޔުގަންޑާއަށް ވަޑައިގަތީ 120 މެންބަރު ގައުމު ހިމެނޭ ނޮން އެލައިންޑް މޫވަމަންޓު (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން