ރާއްޖެއަށް އަމިއްލައަށް މިނިވަންކަން ދެމެހެއްޓޭނެކަން މުޅި ދުނިޔެއަށް ރާއްޖެއިން ދައްކާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސް މުއިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެެ. .

މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ދިވެހި ސިފައިން ބަލަހައްޓާނެކަން ރައީސް އިއުލާން ކުރައްވާފައިވާ ކަމަށާއި މިއީ ދުވަހަކު ވެސް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ވިސްނުންފުޅުގައި ވެސް ހުރި ކަމެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން ވިސްނިފައި އޮންނަނީ އަބަދުވެސް ރާއްޖެ އުޅެން ޖެހޭނީ ބަޔަކަށް ބަރޯސާވެގެން ކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅާއެކު މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ކުރެއްވި މަސައްކަތުން އެކަމުގައި ކާމިޔާބީތަކެއް ހޯއްދަވާފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ދޭދޭގައުމުތަކާއި ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި ގައުމުތަކާއި މެދު ގުޅުން ބަދަހިވެފައިވަނީ ރައީސް މުޢިއްޒުގެ ދުރު ވިސްނުންފުޅާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ސަބަބުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން