އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރަކަށް އައިސް ދައްކަވާ ބޭކާރުވާހަކަތައް ގިނަވެ ދައްކަވާ ވާހަކަތައް އަޑު ނޭހުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭރުގެ ޤައުމުތަކުގައި ވިދާޅުވެފައިވާކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިހުލާސްތެރި އިދިކޮޅު ލީޑަރު ސާފުކޮށް، ސަރުކާރާއި އެކު މަޝްވަރާކުރަން އިދިކޮޅު ފަރާތްތަކުން އަންނަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިދުވަސް ވަރު ރައީސް ނަޝީދުގެ ބޭކާރު ވާހަތައް މާބޮޑަށް ގިނަވަމުންދާކަމަށެވެ. ރައީސް ނަޝީދުގެ ބޭކާރު އަޑުތަކާއި ވާހަކަތައް ގިނަ ވުމުން، ރައީސް ނަޝީދު ދައްކަވާ ވާހަތައް އަޑު ނޭހުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭރުގެ ޤައުމުތަކުގައި ދަންނަވާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
"ކަނޑުކޮސް ވާހަކަތައް މާބޮޑަށް ގިނަވާތީ މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް އަޑު ނޭހުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޤައުމުތަކަށް އަންގާފަ. ރައްޔިތުން ނިކަމެތި ވެއްޖެ. ކަރަންޓްބިލް ވަނީ ބޮޑު. ކުރާކަށް މަސައްކަތެއް ނެތް. މިކަމާއި އުޅެމާ ހިނގާ." މުހައްމަދު ސައީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވެފައިވަނީ ރައީސް ޞާލިހަކީ ހުދުމުހުތާރުކޮށް އެއްވެސް ކަމެއް ނިންމަވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާ، އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޙާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ކަމުގައި ވީނަމަވެސް ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެންގެ މަޝްވަރާ އާއި އެކުގައި ކަންކަން ކުރުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު