ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރަން ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެ ބޭފުޅުން އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވައިފަ އެވެ.

އެގޮތުން މަޖިލީހަށް ފޮނުވާފައިވާ ބޭފުޅުންނަކީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސްއަށް ފެނިވަޑައިގެންނެވި ބޭފުޅުން ކަމަށް ސިޓީގައި ވިދާޅުވެފައި ވެއެވެެ.

އެ ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ؛

- އަބްދުލް ހަސީބް އިސްމާއިލް' ދަފްތަރު ނަންބަރު: ރސ. 7505

- ފާތިމަތު ހަބީބާ/ ރސ. 9472

- މަރިޔަމް ޝާހިދާ/ މ. ފޮރެސްޓް

އެހެންކަމުން މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެ މަގާމަށް އައްޔަނުކުރާނެ ބޭފުޅެއް ހަމަޖައްސައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އެ ނަންތައް ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެެ.،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން