ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމުގެ މަަޝްވަރާތައްކޮށް އިންޑިއާއިން ވެސް މިހާރު ވަނީ ސިފައިން ގެންދަން އެއްބަސްވެފަ އެވެ.

އަދި ބަލި މީހުން އުފުލަން ގެންގުޅޭ ޑޯނިއާއާއި ދެ ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ތިބޭ ގޮތަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ރައީސް ޔާމީން މިހާރު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނޭޝަނަލް ޕްރޮންޓުން ރައްޔިތުން މަޖިލީހަށް ނެރޭ ކެންޑިޑޭޓުން ތައާރަފުކުރަން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން އިންޑިއާ ސިފައިން ބާލަން ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވެފަ އެވެ.

އަދި ނިމިގެން ދިޔަ ސަރުކާރުގައި "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ވެސް ރައީސް ޔާމީން އަލިއަޅުއްވާލެއްވި އެވެ.

މީގެއިތުރުން ރާއްޖެއާއި އިންޑިއާއާ ދެމެދު ހުޅު ރޯކުރީ ރައީސް ޔާމީން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅަށް ވެސް ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

އެގޮތުން ޔާމިން ވަނީ ގާސިމަކީ މިހާރު ރައީސް މުއިއްޒުގެ މުޝީރެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

"ގާސިމް މި ދެއްވަނީ ތަރުޖަމާއެއް، މުއިއްޒު ގަރާރު ބާތިލެއް ނުވެސް ކުރެއްވިއޭ ނުވެސް ކުރައްވާނެއޭ، އެހެންވީމަ މުއިއްޒު ބޭނުމެއް ނުވޭ އިންޑިއާ ސިފައިން މިތަނުން ބާލާކަަށެއް." ރައީސް ޔާމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން