އިޚުލާސްތެރި ވާދަވެރި ލީޑަރުން ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޚުލާސްތެރި ވާދަވެރި ލީޑަރުން ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އެވާދަވެރިންގެ ފަރާތުން ލީޑަރަކު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވުމަކީ ބޭނުންތެރި ކަމެއްކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަން ކަނޑައެޅޭ ގޮތް މުހިންމު." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމެއް ކުރުމުން ދުވަސްކޮޅަކު ޖަލުގައި ހުންނެވި ރައީސް ނަޝީދު، ޖަލުގައި ހުންނެވިއިރު ވެސް އިދިކޮޅު ލީޑަރެއްގެ ގޮތުގައި ނުވަތަ އެމްޑީޕީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު 5 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕިއެމްގެ ރައީސް ، ރައީސް ޔާމިން އަކީ އެޕާޓީގެ ލީޑަރު ކަމަށް ޕްރޮގުރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅުން ސަރުކާރާއި މަޝްވަރާ ކުރުމަށް ރައީސް ޞާލިހު ގޮވާލައްވާފައިވާއިރު މަޝްވަރާ ކުރަންވީ ކޮން ރައީސަކާއި ކަން އޮޅިފައިވާކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް، ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ރައީސް ޞާލިހަކީ ހުދުމުހުތާރުކޮށް އެއްވެސް ކަމެއް ނިންމަވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާ، އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ikhlaastheri vaadhaveri leader kan’daelhumakee vaadhaveringe kameh. Vaadhaverinnakee kobaikan vaadhaverinnah en’gi adhi e vaadhaveringe therein leader eh kan’da elhey goiy rayyithunnah saafuvun beynuntheri. Leader hunnavaa thanahvure, leader kan’daelhey goiy en’gun maa muhimmu
— Mohamed Nasheed (@MohamedNasheed) July 30, 2020
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު 5 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕިއެމްގެ ރައީސް ، ރައީސް ޔާމިން އަކީ އެޕާޓީގެ ލީޑަރު ކަމަށް ޕްރޮގުރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅުން ސަރުކާރާއި މަޝްވަރާ ކުރުމަށް ރައީސް ޞާލިހު ގޮވާލައްވާފައިވާއިރު މަޝްވަރާ ކުރަންވީ ކޮން ރައީސަކާއި ކަން އޮޅިފައިވާކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް، ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ރައީސް ޞާލިހަކީ ހުދުމުހުތާރުކޮށް އެއްވެސް ކަމެއް ނިންމަވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާ، އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު