ނިމިދިޔަ ސަރުކާރުގައި ހިންގި ގެދޮރު ވެރިޔާގެ ސްކީމުން ދޫކޮށްފައިވާ ފްލެޓްތައް މި ސަރުކާރުން ނުދީފިނަމަ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެރިކަމުން ބާލާނެ ކަމަށް މާފަންނު މެދު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑެ ވިދާޅުވެއްޖެ އެވެ.

ފްލެޓް ލިބިފައިވާ ފަރާތްތަަކަށް ވީހާވެސް އަަވަހަކަށް ފްލެޓް ހަވާލުކުރަން ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ސަރުކާރުގެ ކޯލިޝަނުން ކާމިޔާބު ކޮށްފިނަމަ 4000 ފްލެޓް ނުދޭނެ ކަމަށެވެ.

އަދި އޭރުން ކަންވާނީ ކުރިން ގުޅީ ފްލެތްތަކަށް ވީގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މި ސަރުކާރަށް ހަމަ މިކަން ކުރާށޭ، ނުކޮށްފިއްޔާ ހަމަ މުއިއްޒު ވެރިކަމުން ބާލާނަމޭ" ބޮންޑެ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ އެކަމާ ގުޅިގެން މިހާރުވެސް ނަފްސާނީ މައްސަލަތަކުގައި އެތައް ބަޔަކު ހޮސްޕިޓަލުތަކުގައި އެބަ ތިބި ކަމަށެވެ. އަދި މަސްތުވާތަކެތި ފަދަ މައްސަލަތަކުގެ އަސްލަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަަލަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން އެންމެ ފުރަތަމަ ހޯދަން ޖެހޭ ހައްގަކީ ވެސް ބޯހިޔާވަހިކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާފައިވާ އިރު އެ ކޮމިޝަނަށް ވެސް ރަޝީދު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަނަކީ ކޮރަޕްޝަންގެ ތަނެއް ކަމަށާއި އެ އިދާރާވެސް އުވާލަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަދުލުއިންސާފު

19-Feb-2024

އޭސީސީން ބުނެފި 59.6 ޕަސެންޓް ޝަރުތު ފުރިހަމަ ނުވާކަން. އެހެންވީމަ ފުރަތަމަވެސް އެ އެންމެން ޖެހޭނީ ކެންސަލް ކުރަން. ދެންއޮތީ އެއްވެސް މައްސަލައެއްނެތި ޝަރުތު ފުރިހަމަވާ މީހުން. އެމީހުނަށް ކުރިއަށް އޮތް 10 ދުބަހުގެ ތެރޭގައި ފުލެޓް ޙަވާލުކުރަންވީ. ދެންއޮތީ ކޮންމެވެސް މައްސަލައެއް އުޅޭ މީހުން. އެމީހުންގެ އެމައްސަލައެއް ބަލާފަ، ޝަރުތު ހަމަވާ މީހުނަށް ފުލެޓް ދިނީމަ އެނިމުނީ. އެހާ ސިމްޕަލް ކަމެއް.



ޓްރެންޑިން