ގެދޮރުވެރިޔާގެ މަޝްރޫއުގެ ދަށުން ނިމިދިޔަ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް ލިސްޓުގެ މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ސަރުކާރުން ނިންމާފައި އޮތީ މާލޭގެ ފްލެޓް ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. ނަމަވެސް ފްލެޓް ލިބުނު މީހުންނާ ގުޅޭ ގޮތުން ބޮޑެތި ޝަކުވާތަކެއް ހުރުމާއެކު އޭސީސީން ވަނީ އެ މައްސަލަތައް ބަލާފައެވެ. އަދި ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ އޮޅުވާލައިގެން ލިއުން ހޯދި މީހުންކަން އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ.

ނަމަވެސް ރީކޯ މޫސާ މަނިކު ކުރެއްވި އެކްސްއެއްގައި އޭސީސީއަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"40 އަހަރަށްފަހު މާލޭމީހުނަށް ގޯއްޗާ ފްލެޓް ދޭން ނިމިދިއަސަރުކާރުން އުސޫލުކަނޑައެޅިއިރު އާ ޤާނޫނު އަސާސީން އޭސީސީ އުފެދުނުތާ ކިތައް އަހަރުވެއްޖެތޯއެވެ؟ އެއްމެފަހުން ހިޔާފްލެޓްތައް ދެ ސަރުކާރަކުން ބެހިއިރުވެސް އޭސީސީ އަތް ނުބާނާއޮވެފަ މިފަހަރު މިވެގެންއުޅޭގޮތަކީ ކޮބައިބާވައެވެ؟" ރީކޯ ވިދާޅުވި އެވެ.

ރީކޯ އިތުރަށް ވިދާޅުވީ މާލޭ ރައްޔިތުންނާއި ދަފްތަރުގައި އެތައްޒަމާނަކު މާލޭގާ ގަނަތެޅުވި އެތައް ހާސް ބަޔަކަށް ގޯއްޗާ ފްލެޓް ދޭ ވާހަކަ، ކުރީ ސަރުކާރުން ދައްކަން ފެށުމުންވެސް އެކަމާ ދެކޮޅަށް އަޑުއުފުލި ބަޔަކު މާލޭމީހުނަށް ގޯތި ނުދެވޭނެކަމަށް ބުނި ކަމަށެވެ. އެހެންވެ އެ މީހުންގެ ވާހަކަތައް އޭސީސީން ހަގީގަތަކަށް ހަދައިދެނީތޯ ވެސް ރީކޯ ސުވާކު ކުރެއްވި އެވެ.

އޭސީސީން ތަހުގީގު ކުރިއިރު ވެސް މައްސަލައެއް ފާހަގަ ނުވާ ފްލެޓްތަކުގެ ހައްގުވެރިންނަށް ލަސްނުކޮށް ފްލެޓްތައް ދޫކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ ވަރަށް ވަރުގަދަ ބަހުސެއް ކޮށްފަ އެވެ. އަދި ދީފައި ހުރި ފްލެޓެއް އަތުނުލެވޭނެ ކަމަށް ވެސް އެމްޑީޕީގެ މެމްބަރުން ދިޔައީ ވިދާޅުވަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން