އަހުޒަމް އަޙްމަދު   7 ފެބްރުއަރީ 2024 - 20:13
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން އެ ގެކޮޅަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ.

އޭގެ ކުރިން ރައީސްގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ ރައީސްގެ އަމިއްލަފުޅު ގެކޮޅު، މ. ދިމްޔާތުގަ އެވެ. އެއީ މުލިއާގޭގެ ބައެއް މަރާތާމުތައް ކުރަން ޖެހޭތީ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވެއެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނީ މުލިއާގެއަށް ރައީސް ބަދަލުވެވަޑައިގަންނަވާނީ މިދިޔަ ޑިސެމްބަރުމަހު ކަމަށެވެ.

ނަމަވެސް އެ ގެކޮޅަށް ބަދަލުވުން ލަސްވީ ކީއްވެގެން ކަމެއް ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މުލިއާގެއިން ނިކުމެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. މީގެ 104 އަހަރު ކުރިން ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީންވެސް ވެރިކަން ކުރެއްވި ދުވަސްވަރުގައި ދިރިއުޅުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން