ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސާދީ މެނިފެސްޓޯ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުންވެސް ބަލައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވިދާޅުވީ މިހާރު ގައުމުގެ ހާލަތު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަަމަށެވެ. އަދި ދަރަނި މިހާރު ހުރި ހިސާބުން އަރައިގަތުމަށް ކަންތައްތަކެއް ކުރަން ވެސް ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެހެންވެ އެކަންކަން ރަނގަޅުކުރަން ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ބައިނަލްއަގުވާމީ އިދާރާތަކުން ވެސް އެކަން ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އިނީޝިއޭޓިވް، އަމިއްލައަށް އިސްނަގައިގެން ހުށަހަޅައިގެން ފަށައިގެން މި އުޅޭ އަޅުގަނޑުގެ ކެމްޕޭންގައި ރައްޔިތުންނަށް ހުށަހެޅި އިގުތިސާދީ މެނިފެސްޓޯ ބަލައިގަނޭ. އައިއެމްއެފްއިން ވެސް ވޯލްޑް ބޭންކުންވެސް." ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައި ހުރި އިގުތިސާދީ ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމަށާއި އަދި އެއީ ހައްލު ކަމަށް ވެސް އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ،

ހަމަ އެހެންމެ މިހާރު ހާލަތު ހުރި ގޮތުން ތަރައްގީގެ ޕީޢެސްއައިޕީ މަޝްރޫއުތައް ހިންގަން ދަތިތައް އެބަހުރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން