މުޅި ދުނިޔޭގައި މިހާރު ފެތުރިގެން އުޅޭ ސިއްހީ ބަލިމަޑުކަން ފަދަ މުސީބާތްތަކަށް ކެތްތެރިވުމަށާއި، މިހާލަތު ބަދަލުވެ ﷲގެ ރަހުމަތުގެ ދޮރުކޮޅު ހުޅުވޭނެ ކަމަށް މިއަދުގެ ހައްޖު ޚުތުބާގައި ބުނެފިއެވެ.
ޝައިހް އަބްދުﷲ ބިން ސުލައިމާން އަލް މާނެއާ އަރަފާތު ބިމުގައި މިއަދު އިއްވި ހައްޖު ޚުތުބާގައި ބުނެފައިވަނީ މުސީބާތްތަކާ ކުރިމަތިލާން ޖެހުމާއި އެފަދަ މުސީބާތްތަކަކީ މާތްﷲ އަށް ކިޔަމަންތެރިވުމަށްޓަކައި ހުޅުވިގެންދާ އިތުރު ދޮރެއް ކަމަށެވެ. އަދި ކޮންމެފަދަ ވަގުތެއްގައިވެސް އަދި ކޮންމެ ފަދަ ހާލަތެއްގައިވެސް މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެކަމަށް ތައްޔާރުވެ ކެތްތެރިވާން ޖެހޭނެ ކަމަށް ޚުތުބާގައިވެއެވެ.
މުސީބާތްތަކަކީ މާތްﷲގެ މަގަށް ރުޖޫއަވުމަށް ލިބޭ ފުރުސަތެއް ކަމަށާ މިވަގުތު ދަތި ކަންތައްތަކެއް ދިމާވެފައިވީ ނަމަވެސް މާތްﷲ ގެ ރަހުމަތްފުޅާއެކު އުފާވެރި ކަމުގެ ދުވަސްތައް އޮތީ ދާދި ކައިރީގައި ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު އަރަފާތު ބިމުގައި އިއްވި ހައްޖު ހުތުބާގައި ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން އެކަމުގެ ދަލީލުތައް ދައްކާފައިވެއެވެ.
"އެއްވެސް މީހަކަށް ނޭނގޭނެ މުސްތަގްބަލަށްޓަކައި މާތްﷲ ތިމާއަށްޓަކައި ފޮރުއްވާފައި ވަނީ ކޮންކޮން ކަންތައްތަކެއްކަމެއް. އެހެން ކަމުން މިއަދުގެ މި ހާލަތަށް ކެތްތެރިވެ މާތްﷲ އަށް ޝުކުރުކުރުން ހުއްޓެވެ." ޚުތުބާގައި ބުނެފައިވެއެވެ.
އަރަފާތު ދުވަހަކީ މާތްﷲ އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަސް ކަމަށާ އެހެން ކަމުން މި ދީނަށް އެއްވެސް ކަމެއް އިތުރު ކުރުމެއް ނުވާ ކަމަށް ހުތުބާގައި ވެއެވެ. އަދި ބިދުއަވެރި ކަންކަމުން މުސްލިމުން ދުރުވުމަށް ޚުތުބާގައި ވަސިއްޔަތް ކޮށްފައިވެއެވެ. އަރަފާތު ބިމުގައި ދެއްވި މިއަދުގެ ހައްޖު ހުތުބާގައި ދީނުގެ ހުކުމްތައް މުސްލިމުންނަށް ހަނދާންކޮށްދެމުން ބުނެފައިވަނީ މުދާ ހޯދޭނެ ގޮތްތަކާއި ރިބާ ހަރާމް ކުރައްވާފައިވާ ކަމަށެވެ. އަނބިދަރިންނަށް ހެޔޮކޮށް ހިތުމާއި ކޮންމެ އިންސާނެއްގެ ވެސް ލެ އާއި މުދަލާއި އަބުރު ހިމާޔަތް ކުރެވިގެންވާ ކަމަށް ޚުތުބާގައިވެއެވެ.
މުޅި ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާތީ އެހެން ގައުމުތަކުން މިއަހަރު މީހުން ހައްޖުކުރަން ގޮސްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ. ހައްޖުގެ އަޅުކަމުގެ ކަންކަން ކުރިއަށްދާނީވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ބަލިން ރައްކާކެތެރި ވުމަށް އެޅިފައިވާ ޚާއްޞަ ފޮޔަވަޅުތަކާއި އެއްގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު