ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ މެންދުރުފަހު ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިޔަށްދާ ވަގުތު އެއް ގަޑިއެއްހާއިރަށް ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ރަބަރުގަސްމަގު ގޯޅި 6 އަދި 7 ހިމެނޭ ސަރަހައްދުން 8 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހު (މާދަމާ) ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މާދަމާ މެންދުރު 14:00 އިން 15:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން