އޮންލައިން ޓްރޭޑިންގ ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި ދެ މީހަކަށް، މިލިއަނެއްހާ ރުފިޔާ ދައްކަން، ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފިއެވެ.

އަލްހާން ފަހުމީ ހިންގާ ކިންގްސް ކެޕިޓަލް ކުންފުންޏަށް އިންވެސްޓްކުރި އެކަކަށް ގާތްގަނޑަކަށް 800،000 ރުފިޔާ ދައްކަން ހުކުމްކުރިއިރު ދެވަނަ ފަރާތަށް ގާތްގަނޑަކަށް 250،000 ރުފިޔާ ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިންގްސް ކުންފުނިން ހިންގާ ޕޮންޒީ ސްކީމްގައި މީގެ ކުރީގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. އެ ސްކީމަށް ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް 2022 ވަނަ އަހަރުގެ މާޗް މަހުގައި އެ ކުންފުނީގެ އެކައުންޓްތައް ވަނީ ހިފަހައްޓާފައެވެ. ކިންގްސް ކެޕިޓަލްއާއި ދެކޮޅަށް ހިންގި ޖިނާއީ ތަހުގީގާއި ގުޅިގެން އެކުންފުންޏަށް އިންވެސްޓްކުރި ވަރަށް ގިނަ ބައަކަށް ފައިސާ އަނބުރާ ލިބިފައެއް ނުވެއެވެ.

ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ ކިންގްސް ކެޕިޓަލްއިން މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލްހާން ފަހްމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން